އައްޑޫސިޓީ ބިން ހިއްކުމުގެ މަޝްރޫއައް ޚިޔާލަ ހޯދުމުގެ ބައްދަލަވުންތަކެއް ބާއް ނިއްމަލިއެ.
މިސިޓީއެ ހިނގުވާ ބިން ހިއްކުމުގެ މަޝްރޫޢައް ހިޔާލަ ހޯދާއް އަދަ 11 އިން ފެށިގެން އައްޑޫސިޓީގެ ގުޅިފެއިވޭ އަވައްތަކި ބައްދަލަވުން ބާއް ނިންމަލިއެ. އެގޮތުން މެންދިރިކުރި 11 ޖަހާކޯ ހިތަދޫ ބައްދަލަވުން އައްޑޫ ހައި ސްކޫލެ އޮންނެހެއް. މެންދިރިފަހި 2 ކުން 3 އައް އޮތީ މަރަދޫގެ ރައްޔިތުންގެ ހިޔާލަ ހޯދުން މަރަދޫ އިސްކޫލެ. މަރަދޫފޭދޫއައް ހާއްސަކޮއްގެން ބާ ބައްދަލަވުން އޮތީ ހަވީރެއި 4.30 ން 5.30 އައް. ފޭދޫއެ އަސް ބިންހިއްކުމުގެ މަޝްރޫއައް ހިޔާލަ ހޯދާއް ބައްދަލަ ވުމައް ބާއް ނިންމަފެއި ވެނީ . ފޭދޫ ބައްދަލަވުން އޮތީ މާދުމައްރެއި 8 ން 9ކައް ފޭދޫ އިސްކޫލެ.
ހިޔާލަހޯދުން ކުރިއައް މިގިނެނީ ބިން ހިއްކުމުގެ މަޝްރޫޢެ ހިމެނޭ ކަންކަމުގެ އީ.އައި.އޭ ކޮންސަލްޓެންޓްގެ ގޮތެ މަސައްކައްކެރަނީ ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން . ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލަވުމައް ހުޅުދޫމީދޫއެއަސް ކުރިއައްގިނޭއް ނިންމަފެއިވެނީ.
އައްޑޫގެ ރައްޔިތުންނައް ދިމާވެފެއިވޭ އެކިކަހަލެއި ދަތިތަކި އެތެރުން ބިންނެތުމުގެ މައްސަލާކީ ވަރައް ބޮނޑަވެފެއިވޭ މައްސަލާއް. އެތައްބާކިންގެ އުއްމީދާއި ގުޅިފެއިވޭ ބިންހިއްކުމުގެ މިމަޝްރޫޢު މި ސަރުކާރުން އެކުލެވުމާއި އެއްކޮއް ރައްޔިތުން ތިބީ މިކަމުގެ ޢަލަމީ މަސައްކަތް ފަށާނެ ދުވަހަކުގެ އިންތިޒާރި.
އިންޑިއާ އެގްޒިމް ބޭންކްގެ 800 މިނިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީއެ ފަށާ ބިންހިއްކުމުގެ މަޝްރޫޢުއެއި އެއްކޮއް ޖުމްލަ 228 ހެކްޓަރުގެ ބިން ހިއްކިގެން އޭހެއް. އޭ ހިތަދޫ ޒޯން އެކެކުން ހިއްކާ 50 ހެކްޓަރުގެ ބިމާއި ޒޯން 2ކުން ހިއްކާ 40 ހެކްޓަރުގެ ބިމާއި ހުޅުދޫ މީދޫން ހިއްކާ 38 ހެކްޓަރުގެ އިތިރައް މަރަދޫއެއި މަރަދޫ ފޭދޫން ހިއްކާ 75 ހެކްޓަރާއި ރިޒޯޓް ތަރައްޤީ ކެޑުމައް ހިއްކާއް ހަމަޖެހިފެއިވޭ 25 ހެކްޓަރުގެ ބިން. މިމަޝްރޫއުގެ ދަށުން ހިއްކާ ބިންތައް ބޭނުންކެރާއް ހަމަޖެހިފެއިވެނީ އަވައް އަވަށުގެ ބަނދަރަ ތަރައްޤީކެޑުމަށާއި ވިޔަފާރިއެއި އިޤްތިސާދު ކުރިއެރުވުމަށާއި ރައްޔިތުންގެ ލާބާއި މަންފާއްޓަކައި ހަދާ ތަންތާށާއި ބޯހިޔާވަހި ކަމުގެ އިތިރައް ފަތުރުވެރިކަމަށާއި އަމެއްލަ ފަރުދުންގެ ފިޔަފާރި ތަރައްޤީގެޑުމައް.
މިމަޝްރޫއުގެ މަސައްކައް މިކޯވެނީ ޓެންޑަރ ސް ކޮއްފެއި.ބިޑް ހުށެހެޅުން މާދުމެއި އެއި ހަމާއް ނިމޭކޯ އިންޑިއާ ހައިކޮމިޝަނުން ބެނީ މިމަސައްކައް ހަވާލަކެރާނެއި މިކަމައް ކުރިމަތިލާ ފަރާއްތަކުގެ އިވެލުއޭޝަނައް ދިވެހި ސަރުކާރުން ކޮއް ނިންމުމައްފަހި އެކަމައް އެންމެ ގާބިލް ކުންފޫނަކާއި ކަމައް. ގާއްގަނޑަކައް 75 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މަސައްކައް ކުރިއައު އޮއް 2 އަހަރިއެތެރެ އެއްކޮއް ނިމޭހެއްކަމައް މަޢުލޫމާތު ލިބެއި.
ސަރުކާރުން އައްޑޫސިޓީއެ މިވަގުތެ އެނީ ތަރައްޤީގެ ބޮނޑެތި މަޝްރޫޢު ތައް ހިނގުވަމުން . އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ނަމި ހިނގުވާއް ހަމަޖެހިފެއިވޭ ކަންތައް ތަކި އެތެރެ 8000 އެނދަ ތަރައްޤީ ކެޑުމުގެ ބިޔަ މަޝްރޫޢަކާއި އެއްކޮއް ގެސްޓްހައުސްއެއި ސިޓީހޮޓައު ތަރައްޤީ ކެޑުމާއި އައްޑޫއެ މިކޯ ތިބި މަގަތައް ޒަމާނީ ފެންވަރައް ތާރައެޑަގެން ހެދުމާއި އިތިރި އައު ލިންކްރޯޑައް ބްރިޖަކާއި އެކީ ހެދުމާއި ފެންހިނދުވާ ނިޒާމު ވަރަގަދަ ކެޑުމުގެ އިތިރައް މިކޯ ކުރިއައުއޭ 17 މިލިއަން ޑޮލަރުގެ ގަން އިންޓަނޭޝަނަލް އެއަޕޯޓް މަޝްރޫޢު ފާހަނގަވެއި.