English Edition
Dhivehi Edition

ރަމަޟާން މަހުގެ ތަހުނިޔާ އާއި މުބާރިކްބާދީ އޭއޯނިއުސްގެ ކިއުންތެރިންނަށް އަރިސް ކުރަމެވެ. މިއަހަރުވެސް ރޯދައިގެ ބަދިގެއަށް ޚާއްސަކޮށްގެން ވަރަށް ތަފާތު ރެސިޕީތަކެއް ތިޔަބޭފުޅުންނާއި ހަމަޔަށް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.

“ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ހާއްސަކޮށްލާނީ ވަރަށް މީރު ފޮނި ކާއެއްޗެއް ތައްޔާރު ކުރާނެގޮތް ގެނެސްދިނުމަށެވެ. އެގޮތުން މިއަދު ގެނެސްދޭ ނަޓެއްލާ ރޯލްސް އަކީ ފޮނި ކާތަކެއްޗަށް ލޯބިކުރާ އެންމެހައި ފަރާތްތަކަށް ވަރަށް ކަމުދާނެ ރެސިޕީއެއް ކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތި:

8 ފޮތިފާން

4 ބިސް

2ޖޯޑު ކިރު (ފުލްކްރީމް)

1 ސަމްސާވެނީލާ އެސެންސް

1 ފުޅި ނަޓެއްލާ

ޓްޜޭ އެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ފުންތަށްޓަކަށް ބިސް، ކިރު އަދި އެސެންސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެންފާން ފޮތި ތަކުގައި ނަޓެއްލާ ހާކާލުމަށްފަހު ރޯލެއްގޮތަށް އޮޅާލާށެވެ. ދެން ތައްޔާރުކޮށްފައިވާ ކިރުގެ ތެރެއަށް ރޯލް ލުމަށްފަހު ފޯކޮށްފައި ޓްރޭގައި އަތުރާށެވެ. ހުރިހާ ޕާންފޮތިތައް ހުސްވަންދެން މިގޮތަށް ހެދުމަށްފަހު ޓްރޭގައި އަތުރައި ނިމުމުން ބާކީ ހުރި ކިރުތައް ޓްރޭގައި އެތުރި ރޯލްމައްޗަށް އަޅާލާށެވެ. އެއަށްފަހު 2ގަޑި އިރުވަންދެން ފްރިޖްގައި ޓްރޭބަހައްޓާށެވެ. ދެން ފްރިޖުން ޓްރޭނެގުމަށްފަހު 30-20 މިނެޓްވަންދެން އަވަނުން ފިހެލާށެވެ.

ނޯޓް: ގާނިޝް ކުރުމަށް މިރޯލްތަކުގެ މައްޗަށް ސަމުސަލަކުން ރީތިގޮތަކަށް ނަޓެއްލާ އަޅާލުމަށްފަހު މައްޗަށް އައިސިންގ ޕައުޑަރ ޑަސްޓްކޮށްލެވިދާނެއެވެ.