English Edition
Dhivehi Edition

މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ޕިލިޕީންސްގެ އަވަށެއް ކަމަށްވާ ޕަމްޕަންގާ ގައި ކަރަންޓީން ކުރުމުން އެކަމަށް ތަބާ ނުވާ އެންމެނަށް އަދަބެއްގެ ގޮތުން ދަނޑުއިންދަން ހަވާލުކުރަން ފަށައިފިއެވެ.

އެގައުމުގެ ފުލުހެއް ކަމަށްވާ ޕައުލް ގަމިޑޯ ބުނީ، ފުލުހުންގެ އަމުރަށް ތަބާނުވެ ގަދަ ދެއްކި އެންމެން ގެންދިޔައީ އެ ސިޓިގެ މަޝްހޫރު ތަރުކާރީ ނާސަރީ އަކަށް ބެނުންވާ ތަރުކާރީ ގަސްތައް އިންދުމަށް ދަނޑަށް ކަމަށެވެ. އަދި އެމީހުން ލައްވައި ތިން ގަޑިއިރު ވަންދެން ދަނޑުގައި ވާނީ ބަރަބޯ އަދި ލެޑީސްފިންގާ ގަސްތައް އިންދުވާފައި ކަމަށް ފުލުސްމީހާ ބުންޏެވެ.

މީގެ އިތުރުން ޕައުލް ބުނީ އެންމެ ފުރަތަމަ އެމީހުންނަށް އަދަބަކަށް ކަސްރަތު ކުރުމަށް އެންގިކަމަށާއި އޭގެ ފަހުން ތަރުކާރީ ގަސް އިންދަން ގެންދިޔުން މާފައިދާ ބޮޑުކަމަށް ފެންނާތީ އެމަސައްކަތަށް ގެންދަން ނިންމީ ކަމަށެވެ.

ލަރާގެ އުތުރު އަވަށުގައި 2016 ވަނަ އަހަރު ގާއިމު ކުރެވުނު މި ސިޓީ ނާސަރީ ވަނީ ދަނޑުވެރިކަމުގެ ސިނާއަތު 44 ސްކޫލަކާއި އިތުރު 35 އަވަށުގައި މަގުބޫލުކޮށް ކުރިއެރުވުމަށް އެހީތެރިވެދީފައެވެ.

ފުލުހުން ބުނީ އެމީހުންގެ އަމުރަށް ތަބާނުވި ހުރިހާ މީހުންނަކީ ވެސް ފިރިހެނުންކަމަށެވެ. އަދި މިމީހުން ހައްޔަރުކޮށްފައި ވަނީ ކާފިއު ގަޑިތަކުގައި، މާސްކު ބޭނުން ނުކޮށް ހުއްދައާއި ނުލައި މަގުމަތީގައި އުޅެނިކޮށެވެ.