English Edition
Dhivehi Edition

ލޯތްބަށްޓަކައި އެކި މީހުން ކުރަމުން ދަނީ އެކި ކަހަލަ މޮޅެތި ކަންތަކެވެ. ލޯބިވާ ފަރާތް ހިތްހަމަޖައްސައި ދިނުމަށްޓަކައި މީހުން ބޮޑެތި ގުރުބާނީތައްވަމުން ދާއިރު ކެލިފޯނީއާއަށް އުފަން ޖޭމްސް ސިސަމް އާއި އޭޝްލޭ މިވަނީ ލޯތްބަށްޓަކައި ދުނިޔޭގެ އެންމެ އުސްފަރުބަދައަށް އަރާފައެވެ. ތިރީސް ފަސް އަހަރުގެ ޖޭމްސް އާއި ތިރީސް ދެ އަހަރުގެ އޭޝްލޭގެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ މައުންޓް އެވަރެސްޓްގައެވެ. މީ މައުންޓް އެވަރެސްޓްގައި ކުރެވުނު ފުރަތަމަ ކައިވެންޏަށް ވާއިރު މި ކައިވެނީގެ ހަފްލާއަށްޓަކައި ދެމީހުންވެސް ވަނީ ގަދަ ފިނީގައި ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައެވެ. ކަނޑަށްވުރެ 17،000 ފޫޓް މަތީގައި ކުރެވުނު މި ކައިވެންޏަށް ތައްޔާރުވަމުންދާތަން މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ޖޭމްސްވަނީ ބުނެފައެވެ. މީގެ ކުރިންވެސް ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން 14،000 ފޫޓް މަތީގައި ދުވަސްތައް ހޭދަކޮށްފައިވާ އޭޝްލޭ ބުނެފައިވަނީ މީ ކުރަން ވަރަށް އުދަގޫވި މަސައްކަތެއްކަމަށާއި އެކަމަކު ލޯތްބަށްޓަކައި ދެމީހުންވެސް ވީ ގުރުބާނީއެއް ކަމުގައެވެ. މި ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ނެގުމަށްޓަކައި ހަރަކާތްތެރިވި ފޮޓޯގްރަފާ ޗަލެޓަން ޗާޗިލް ބުނެފައިވަނީ މީ އޭނަގެ ހަޔާތުގައިވެސް ކުރެވުނު އެންމެ ތަފާތް ތަޖްރިބާކަމުގައެވެ. ފިނިވުމުގެ ސަބަބުން ފޮޓޯނެގުމަށް އެތައް ދަތިތައް ކުރިމަތިވި އިރު އޭނާ ފޮޓޯ ނެގުމަށްޓަކައި ގެންގުޅުނު ބައެއް ސަމާން ވަނީ ފިނީގެ ސަބަބުން ހަލާކުވެފައިކަމަށް ޗާޗިލް ބުންޏެވެ. މީގެ އިތުރުން ޗާޗިލް ބުނެފައިވަނީ ލޯތްބަކީ ވަރަށް ބާރުގަދަ އެއްޗެއް ކަމަށާއި ކަމެއް ހާސިލްކުރަން ބޭނުން ނަމަ ބޮޑެތި ގުރުބާނީތައްވެސް ވާނެޖެހޭނެ ކަމުގައެވެ.