English Edition
Dhivehi Edition

ސަދަން ޓްރާންސްޕޯރޓް ލިންކް އިން ހުޅުދޫ މީދޫ އަދި ފޭދޫ އަށް ކުރަމުން އަންނަ ދަތުރުތައް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާއި ގުޅިގެން އެޗް.ޕީ.އޭ އިން ވަކި ގޮތަކަށް އަންގަވަން ދެން 17 އެޕްރީލް ގެ 18:00 އިން ފެށިގެން އެ ކުންފުނިން ދެމުން ގެންދިޔަ އާންމު ދަތުރުފަތުރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

މިހާލަތުގައި ކެންސަލް ވި ދަތުރުތަކުގެ ޓިކެޓް ރީފަންޑް ކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮވިޑް 19 ގެ ކޭސްތައް މާލެއިން ފެންނަން ފެށުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރާ ކަމަށެވެ.