އިނގިރޭސިވިލާތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަސް އަށް މުޅިން އަލަށް ޕޮޒިޓިވްވި 4،600 އަށްވުރެ ގިނަ މީހުންނާއެކު އެ ގައުމުގައި މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 1 ލައްކައަށްވުރެ އިތުރުވެއްޖެއެވެ.
އެގޮތުން، މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު 327,608 އެއްހާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 103,093 މީހުން މި ރޯގާ އަށް ޕޮޒިޓިވްވެފައިވާކަމަށް އެގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތު އިން މިއަދު ކުރި ޓުވީޓެއްގައި ވެއެވެ.
މީގެއިތުރުން، ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެ ގައުމުން 1,600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލީ ގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 13,729 އަށް އަރާފައެވެ.
މުޅި ދުނިޔެއިން މިހާތަނަށް 2.1 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 137,073 މީހުން މަރުވެފައިވާއިރު، މިހާރު އެންމެ ގިނައިން މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެ ގައުމުގެ 28,641 މީހުން މަރުވެފައިވާއިރު، 650,000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.
As of 9am 16 April, 417,649 tests have concluded, with 18,665 tests on 15 April.
327,608 people have been tested of which 103,093 tested positive.
As of 5pm on 15 April, of those hospitalised in the UK who tested positive for coronavirus, 13,729 have sadly died. pic.twitter.com/z6FNsommq9
— Department of Health and Social Care (@DHSCgovuk) April 16, 2020