English Edition
Dhivehi Edition

ފައިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ސައުތު ކޮރިއާ އިން ކޮވިޑް19 އަށް އިތުރު 22 މީހުން ޕޮޒިޓިވްވެ އެގައުމުގައި މި ބަލިޖެހިފައިވާ މީހުންގެ އަދަދު 10،613 އަށް އަރައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރި މި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވކުރެވި އިތުރުވަމުން އަންނައިރު ސައުތު ކޮރިއާއިން ވަނީ މިހާތަނަށް މި ބަލިޖެހިގެން 229 މީހުން މަރުވެފައެވެ. ކޮރިއާސް ސެންޓަރ ފޯ ދި ޑިސީޒް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން އާންމުކޮށްފައިވާ ސްޓޭޓްމެންޓުން ދައްކާ ގޮތުން މިހާތަނަށް ބައްޔަށް ޕޮޒިޓީވް ވި އެ ގައުމުގެ 7757 މީހުން ވަނީ ފަރުވާއަށް ފަހު ބަލިން ފަސޭހަވުމުން ދޫކޮށްލާފައެވެ.

މީގެ އިތުރުން މިހާރުވެސް ބަލިޖެހިފައިވާ މީހުންނާއި ކޮންޓެކްޓްވެފައިވާ 14,268 މީހުން ކަރަންޓީން ފެސްލިޓީތަކުގައި ތިބިއިރު އެމީހުންގެ ސާމްޕަލްތައް މިހާރު ނަގާފައިވާކަމަށް މި ސްޓޭޓްމެންޓްގައިވަނީ ބުނެފައެވެ،

ވައިރަސް ޖެހިގެން ބޮޑަށް ސީރިޔަސް ފަރާތްތަކަށް ސައުތު ކޮރެއާގައި ފަރުވާދެމުން ގެންދަނީ އެ ޤައުމުގެ މިލިޓަލީ ހޮސްޕިޓަލް ތަކުގައި އެވެ.