މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހާއާ މިހާތަނަށް ބައްދަލުވި 54 މީހަކު އައިސޮލޭޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެލްޝަން އެޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.
މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި އެޗްޕީއޭ އިން ވިދާޅުވީ މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި ބައްދަލުވި އައްޑޫގެ ދެ މީހަކާއި ގދ. ވާދޫގައި 02 މީހަކު އެބަތިބިކަމަށާއި އެމީހުންގެ ހާލަތުވެސް ބަލަމުން ދާ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވިދާޅުވީ މާލެގެ އެކި ސަރަހައްދުތަކުގައި ކޮންޓްރެކްޓް ޓްރޭސިން ކުރިއަށް ދާނެކަމަށެވެ.