English Edition
Dhivehi Edition

މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ޑައިރެކްޓް ކޮންޓެކްޓެއްވި މީހަކު ހުރުމުން މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފި އެވެ.

މާލެ އިން ލ.ކާޑެއްދޫއަަށް ދަތުރު ކުރަމުންދިޔަ މޯލްޑިވިއަންގެ ފްލައިޓެއް ޑައިވާޓްކޮށްފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށްފަހުވެސް ފްލައިޓް ތެރޭގައި ފަސެންޖަރުން އެއް ގަޑިއެއްހާއިރު ވަނީ ބައިތިއްބާފައެވެ.އަދި ބޯޓުން ފަސެންޖަރުން ބޭލިއިރުވެސް ބޯޓު ޑައިވާޓްކުރި އެއްވެސް ސަބަބެއް އެމީހުންނަށް ވެސް އަންގާފައެއް ނުވެއެވެ.

ކާޑެއްދޫއަށް ދަތުރުފެށި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ޖައްސާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުންވެސް ޔަގީންކޮށްދީފައިވާއިރު މިކަމާއި ގުޅިގެން އަދި މޯލްޑިވިއަންގެ ބަހެއް ލިބިފައެއް ނުވެއެވެ.