English Edition
Dhivehi Edition

މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ކޮވިޑް19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފްލޫ ކްލިނިކަށް ރޯގާގެ އަލާމާތްތައް ފެނިގެން ދެއްކި ދިވެއްސައް ކަމަށެވެ. އަދި މިހާރު އޭނާ ދިރިއުޅުނުގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ،

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމާއި، އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމުގެ އިތުރުން އެޗްޕީއޭ އިން ދެމުން ގެންދާ އިރުޝާދު ތަކަށް އަމަލުކުރުމަށް އިލްތިމާޒުކޮށްފައެވެ.