English Edition
Dhivehi Edition
21 ފެބުރުވަރީ 2019ގައި ބޭއްވި ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވައިފި އެވެ.

ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް އަރިސްކުރައްވާ ކަމަށާއި، ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަކަމުގެ ރަމްޒު އަދި ދިވެހި ޤައުމިއްޔަތުގެ ހިތް ކަމަށެވެ.

“އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިން ގުޅުވާލަދޭ ފާލަން”، ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ދިވެހި ބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. މިދުވަސް ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ 20 ޖަނަވަރީ 2015 ވަނަ ދުވަހު އެވެ.

ކޮންމެ އަހަރަކުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ސްކޫލްތަކުގެ ފެންވަރުގައިވެސް މި ދުވަސް ފާހަގަކުރެއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި އަހަރު ސްކޫލްތައް ބަންދުކޮށްފައިވުމާއެކު، ދިވެހި ބަހުގެ ދުވަސް އެހެން އަހަރުތަކާއި ޚިލާފަށް އަދި އެއްވެސް ސްކޫލެއްގައި ފާހަގައެއް ނުކުރެއެވެ.