English Edition
Dhivehi Edition
އާމިނަތު އައްބާސް

ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިނަތު އައްބާސް(69އ) އަވަހާރަވެއްޖެއެވެ.

ކުރީގެ މަޝްހޫރު ޅެންވެރިޔާ، ގ.ޑޭޒީމާގޭ، އާމިނަތު ފާއިޒާގެ ދަރިކަނބަލުން އާމިނަތު އައްބާސް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އާމިނަތު އައްބާސް ވަނީ ޅެންހެދުމުގެ ބައެއް މުބާރާތްތަކާ، ލަވަ މުބަރާތްތަކާ ފިލްމު ފެސްޓިވަލުގެ އިތުރުން ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންސާފު ކޮށްދެއްވުމުގެ މަސައްކަތް ކޮށްދެއްވާފައެވެ.

އާމިނަތު އައްބާސްއަށް ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ތެރޭގައި ސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއް ވަނަ ހިމެނެއެވެ. އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއްވަނަ ހިމެނެއެވެ.