ކޮވިޑް 19 އާއި ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި “ކޮވިޑް ޓޭލްސް” ކުރެހުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
“އޭއޯ ނިއުސްގެ ސްކޫލް މީޑިއާ” އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުން މުޅިއެކު 529 ދަރިވަރުން ވަނީ ބައިވެރިވެ ކުރެހުން ހުށަހަޅާފައެވެ.
މިއީ ސްކޫލްތަކުގެ ދަރިވަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގެ އެންމެ ފަހުގެ ކުރެހުންތައް އެޕްރީލް 10 ވަނަ ދުވަހުގެ ރޭ 12:00 އާއި ހަމައަށް ހުށަހަޅައި ނިމިފައިވާއިރު އެންމެ ފަހުގެ ކުރެހުންތައް އަޕްލޯޑްކޮށް އަދި ޝެއަރ ކުރުމާއި ފޭސްބުކް ލައިކްސް ހޯދުމުގެ ފުރުސަތު އެޕްރީލް 12 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް އޮތީ ހުޅުވާލެވިފައެވެ.
މުބާރާތުގެ އެންމެ މޮޅު 3 ވަނަ ހޮވާނީ ގަދަ 10 އަކަށް ހޮވޭ ކުރެހުންތަކުގެ ތެރެއިން އެންމެ މަގުބޫލު 3 ކުރެހުމަށެވެ. މުބާރާތުގައި ވަނަ ހޮވުމުގައި ބަލާފައިވާނީ ބައިވެރިކުރި ކުރެހުންތަކަށެވެ. މިއީ އެއްވެސް އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެއް ނޫނެވެ.
ގަދަ 10 އެއް ހޮވުމުގައި މާކުސް ދޭނެ ގޮތް:
އޭއޯނިއުސް އިން ކުރިއަށް ގެންދިޔަ މި މުބާރާތަކީ “ޕެންޑަމިކް” ހާލަތެއްގައި އިޖުތިމާއީ ގައިދުރުކަމެއްގައި ތިބެން ޖެހޭއިރު ކަންތައްތައް ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތާއި އަދި ދަރިވަރުން ގޭގައި ތިބެގެން ހުސްވަގުތު ހޭދަކުރާ ގޮތް ދައްކުވައިދޭ ގޮތް ދައްކުވައިދޭ، އަދި ހުސްވަގުތު ބޭނުންތެރި ގޮތުގައި ހޭދަކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގެ ސްޕޮންސަރުންނަކީ މަލްޓި މާޓް އަދި ގޯދި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑެވެ. މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި އިތުރު ފަރާތްތަކަށް އަދިވެސް ބައިވެރިވެވިދާނެއެވެ. މުބާރާތުގެ ސްޕޮންސަރުންގެ އިޝްތިހާރު ނަތީޖާ އިއުލާންކުރުމަށް ލައިވްކުރާ ޕްރޮގްރާމުގައި ގެނެސްދެވޭނެއެވެ.