ވޭތުވެދިޔަ ތިން އަހަރެއްހާދުވަސް ފާހަގަކުރެވުނީ ފެންކުންފުންފުނީގެ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީ ތަކަކާއި ކުރިއެރުންތަކެއް ހާސިލްކުރެވުނު ދުވަސްތަކަކަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ ބާވީސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ޤައުމީ ފެންކުންފުނީގެ ޙިއްޞާގެ ބައެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމުން ފެންކުންފުނި ކުރިއެރުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހުނުކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާއިއެކުވެސް ރައީސް ޔާމިން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވޭތުވެދިޔަ ތިން އަހަރެއްހާދުވަސް ފާހަގަކުރެވުނީ ފެންކުންފުންފުނީގެ މަސައްކަތްތަކުގައި ބޮޑެތި ކާމިޔާބީ ތަކަކާއި ކުރިއެރުންތަކެއް ހާސިލްކުރެވުނު ދުވަސްތަކަކަށް ކަމަށެވެ. މިގޮތުން މިއަދު އެމްޑަބްލިއުއެސްސީއަކީ ފެނާ ނަރުދަމާގެ މަސައްކަތުގައި ކާމިޔާބު މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކުންފުންޏެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތާރިޤް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު މީގެކުރީ ސަރުކާރުތަކުން އަޅާނުލާ ނުކޮށް ދޫކޮށްލާފައިހުރި މުހިއްމު އެތައް ކަންތައްތަކެއް ކުރަމުން އަންނަކަމަށެވެ.
” ހޫނު މޫސުމުގައި ބައެއް ރަށްރަށް ފެނަށްޖެހޭ މަސައްސަލަ ހައްލުކުރުމަށް ކުރަމުންދާއިރު މިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 29 ރަށެއްގައި ސާފް ބޯފެން ރައްކާކުރެވޭނެ ނިޒާމެއް ޤާއިމް ކުރެވިފައިވޭ. އަދި މިހާރު 18 ރަށެއްގައި ސާފް ބޯފެން ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރަމުންދާއިރު، ވަރަށް ކައިރި މުސްތަޤްބަލެއްގައި އިތުރު 45 ރަށެއްގައި މި މަސައްކަތް ފެށޭނެ” މިނިސްޓަރ ވިދާޅުވިއެވެ.
އެމްޑަބްލިވްއެސްސީއަށް 22 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެން މީޓަރުގެ ރީޑިން ނަގައި، ވަގުތުން ބިލް ދޫކުރެވޭ ނިޒާމެއް ތައާރަފް ކޮށްފައެވެ. މި ނިޒާމް ތައާރަފްކޮށްދިނީ އެންވެރޮމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ.
އެމްޑަބްލިވްއެސްސީން ބުނީ، އެ ނިޒާމަކީ ޒަމާނީ ޓެޗްނޮލޮޖީގެ އަލީގައި ފަރުމާކުރެވިފައިވާ މީޓަރުގެ ރީޑިން ނެގުމަށްފަހު ވަގުތުން ކަސްޓަމަރުންނަށް ބިލް ހަވާލު ކުރެވިގެންދާނެ ނިޒާމެއް ކަމަށެވެ.
އަދި ކުންފުނީގެ ކަންތައްތަކަކީ ތިމާވެއްޓާ ރައްޓެހި ކަންތައްތައް ހެދުމަށް އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށާއި، އެގޮތުން މިރޭ އިފްތިތާހް ކުރެވުނު ހިދުމަތްތަކަކީ އެ މަސައްކަތްތަކަށް ވާސިލް ވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް އެމްޑަބްލިވްއެސީސިން ބުންޏެވެ. އަދި މިއީ ޒަމާނުއްސުރެއް ބިލެއް ހެދުމަށް ހޭދަވާ ވަގުތާ، ބިލްތައް ޗާޕު ކުރުމަށް ކަރުދާހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ތައާރަފް ކުރި ނިޒާމެއް ކަމަށްވެސް އެމްޑަބްލިވްއެސްސީން ބުންޏެވެ