މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިގެން އިނގިރޭސިވިލާތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި މަރުވި 737 މީހުންނާއެކު އެ ގައުމުގައި މިހާތަނަށް އެ ބަލީގައި މަރުވި މީހުންގެ އަދަދު 10,000 އަށްވުރެ އިތުރުވެއްޖެއެވެ.
އެގޮތުން، މުޅި ދުނިޔޭގެ އެހެން ސަރަހައްދުތަކާ ހިލާފަށް ޔޫރަޕުގައި މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާއިރު، އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،288 އެއްހާ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މިއާއެކު އެ ގައުމުގައި މިހާތަނަށް މި ރޯގާ އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 84,279 އެވެ.
މީގެއިތުރުން، ދާދިފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވަނީ އައިސީޔޫގައި ތިން ދުވަހު ފަރުވާ ދިނުމަށް ފަހު މިއަދުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
As of 9am 12 April, 352,974 tests have concluded, with 18,000 tests on 11 April.
282,374 people have been tested of which 84,279 tested positive.
As of 5pm on 11 April, of those hospitalised in the UK who tested positive for coronavirus, 10,612 have sadly died pic.twitter.com/xzxBZDmXnk
— Department of Health and Social Care (@DHSCgovuk) April 12, 2020
މުޅި ދުނިޔެއިން މިހާތަނަށް 1.78 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެ 110,937 މީހުން މަރުވެފައިވާއިރު، އެންމެ ގިނައިން މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެ ގައުމުގެ 20,649 މީހުން މަރުވެފައިވާއިރު، ދެން އެންމެ ގިނައިން މީހުން މަރުވެފައިވާ އިޓަލީގެ އަދަދަކީ 19,468 އެވެ. ސްޕެއިނުގައި މި ބަލިޖެހިގެން 16,972 މަރުވެފައިވާއިރު، ފްރާންސް ގައި 13,832 މީހުން ވަނީ މަރުވެފައެވެ.
އެންމެ ގިނައިން މީހުން މަރުވި ގައުމުތައް