English Edition
Dhivehi Edition
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް/ފޮޓޯ ކަސްޓަމްސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަން ދެން ކަސްޓަމްސްގެ ހިންގުން، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި މިއަދު ހަވާލު ކޮށްފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައިމީގެ ކުރިން ހުންނެވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ވެސް އިންނެވި އަހުމަދު ނުއުމާން އެވެ.

ކިޑްނީގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަންގާރަ ދުވަހު އެމަނިކްފާނު އަވަހާރަ ވުމާއިގުޅިގެން ކަސްޓަމްސް ވެރިޔާގެ މަގާމު އޮތީ ހުހަށެވެ.