English Edition
Dhivehi Edition

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް, ޢަބްދުﷲ ޝަރީފު ރިޓަޔަރ ކުރައްވައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް ގެ އެކިމަގާމުތަކުގައި ފާއިތުވި 28 އަހަރު ޚިދުމަތް ކުރެއްވެވި ޝަރީފު ވަޒީފާއިން ރިޓަޔަރ ކުރެއްވީ މިދިޔަ ހޯމަ ދުވަހު ގައެވެ.

ކޮމިޝަނަރ ގެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ޝަރީފު އައްޔަންކުރެއްވީ 23 ޖޫން 2020 ގައެވެ. އެމަގާމަށް އޭނާ އައްޔަން ކުރެއްވީ އޭރު ކޮމިޝަނަރގެ މަގާމުގައި ހުންނެވި އަޙުމަދު ނުޢުމާން އަވަހާރަވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަރީފު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ ގެ މަގާމުގައެވެ.

މަގާމުން ރިޓަޔަރ ކުރައްވައި ޝަރީފު ކުރެއްވި ޓްވީޓުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވަޒީފާއިން ރިޓަޔަރ ކުރައްވާއިރު ކަސްޓަމްސްގެ މުވައްޒަފުންނަށާއި ކަސްޓަމްސްގެ ކުރިއެރުމަށް ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއް ކޮށްދެވުމުގެ އުފާ އިހުސާސް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ކަސްޓަމްސްގެ ޚިދުމަތާއި ގުޅިވަޑައިގަތީ، 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަޤާމުންނެވެ. އޭނާއަކީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމާ ހަވާލުވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.