English Edition
Dhivehi Edition
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

އާސަންދަ އާއި ނޭޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އެހީގެ ދަށުން އިންޑިއާގައި ތިބި ދިވެހިންގެ މަޢުލޫމާތު ހިއްސާ ކުރުމަށް ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން އެދިއްޖެ އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ އާލައިންގެ އޮފީހުން ގުޅިފައިނުވާ އާސަންދަ އަދި އެންސްޕާގެ ދަށުން އިންޑިއާގައި ތިބި ދިވެހިން އެ އެއާލައިންގެ އޮފީސް 8136914666 އަށް ގުޅުމަށް އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭރު ޤައުމުތަކުގައި ތާށިވެފައި ތިބި ގިނަ ދިވެހިންތަކަކަށް މޯލްޑިވިއަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ރާއްޖެއިން ‘ކެއަރ ޕެކެޖް’ ގެންގޮސްދިނުމުގެ އިތުރުން މޯލްޑިވިއަނުން ވަނީ ބޭރު ޤައުމްތަކުގައި އުޅޭ ބައެއް ދިވެހިން އަނބުރާ ރާއްޖެވެސް ގެނެސްދީފައެވެ.

އެގޮތުން މޯލްޑިވިއަނުން ވަނީ ކޮލޮމްބޯ އާއި ކޮޗިނުން އެ އެއާލައިންގެ ޚާއްސަ ތިން ފްލައިޓެއް މިދިޔަ ހަފްތާގެ ތެރޭގައި ބާއްވައިފަ އެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުގެ މާލެ އާއި ކޮލޮމްބޯ އާއި ދެމެދު މޯލްޑިވިއަންގެ ދެ ފްލައިޓެއް ބާއްވާފައިވާއިރު، ނިންމާފައިވާއިރު، އޭޕްރީލް 06 ވަނަ ދުވަހު އިންޑިއާގެ ކޮޗިނުންވެސް މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ބާއްވައިފަ އެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ވަނީ މެލޭޝިޔާގައި ދިރިއުޅޭ ބައެއް ދިވެހިންވެސް ރާއްޖެ ގެނެސްދީފައެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ސްރީލަންކާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށްވެސް އެހީގެ ތަކެތި ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ.