English Edition
Dhivehi Edition
ކޮވިޑް19 އަށް ޕޮޒިޓިވް ވި ތިން ނަރުހުން

ލަންޑަންގެ ނޯތްވިކް ޕާކް ހޮސްޕިޓަލްގައި ޑަސްބިން ބޭގް ލައިގެން މަސައްކަތް ކުރި ނަރުހުން ތަކުގެ ތެރެއިން ތިން ނަރުހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިގޮތަށް ދިމާވެފައިވަނީ ބަލިމީހުންނަށް ފަރުވާދޭން ބޭނުން ކުރާ “ޕްރޮޓެކްޓިވް އިކުއިޕްމެންޓް” މިދިޔަމަހު އެހޮސްޕިޓަލުން ހުސްވުމާއި ގުޅިގެންނެވެ.

Advt

Advertisement

މިތިން ނަރުހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެ ހޮސްޕިޓަލުން ވަނީ ޑެއިލީ މެއިލްއަށް ކަށަވަރުކޮށް ދީފައެވެ. އެހޮސްޕިޓަލްގައި މިހާތަނަށް އެއް ވޯޑްގައި މަސައްކަތް ކުރަމުން އައި ނަރުހުންގެ ދެބައިކުޅަ އެއްބައި ނަރުހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ނޯތްވެސްޓް ޔުނިވާސިޓީ ހެލްތް ކެއާގެ އިތުރުބާރު ކުރެވޭފަރާތަކުން އެނޫހަށް ކަށަވަރުކޮށް ދިންގަޮތުގައި ކޮވިޑް19 އަށްފަރުވާދޭ ވޯޑްތަކުގެ ގިނަ ނަރުހުންނަށް މިބަލި ޖެހުން ވަރަށް ގާތެވެ. އޭނަ އިތުރަށް ބުނިގޮތުގައި މިއީ ގަބޫލުކުރަން ބޭނުން ނޫން ހަގީގަތަކަށް ވިޔަސް މިވަގުތު ކަންތައް ހުރިގޮތަކީ މިއީ ކަމަށެވެ. އެހެން ނަމަވެސް އޭނަ އެދެނީ ޕޮޒިޓިވްވެފައި ތިބި ހުރިހާ ހޮސްޕިޓަލް ސްޓާފުންނަށް އަވަސް ޝިފާ ލިބުންކަމަށް އޭނަބުންޏެވެ.

އެ ހޮސްޕިޓަލުގެ ނަރުހަކު ބުނީ މިދިޔަމަހުން ފެށިގެން ރައްކަލަކަށް ބޭނުން ކުރާ ސާމާނު ހުސްވެފައިވާކަމަށެވެ. އަދި ހޮސްޕިޓަލްގައި ބަލިމީހުންނަށް ފަރުވާ ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންގެ ސަލާމަތަކަށް އިކުއިޕްމެންޓްސް ހުރުން ވަރަށް މުހިންމުކަމަށެވެ.

“އަހަރެމެން ރައްކާތެރި ކަމެއްނެތި ބަލިމީހުނަށް މިދެނީ ފަރުވާ. މިބަލިޖެހިފައިވާ އެތައް ޒުވާނުން ތަކެއް އެބަތިބި ވެންޓިލޭޓަރ ގައި. ގިނައީ އާސްތްމާ (ނޭވާހިއްލާ) ބަލިހުރި މީހުން. އެމީހުންނަށް މިބަލި ޖެހުމުން ފުއްޕާމޭގައި ވަރިރަސް ހިފުމުން ހަމަ ކެއްސަނީ. ކެއްސުން ހުއްޓުވާނެގޮތެއް ނެތް. އަހަރެމެން ވެސް މިތިބީ ކެއްސުން ހުއްޓުވާނެ ގޮތެއް ނެތި ނުކުޅެދިފައި. ދެން މިކަހަލަ ރައްކަލެއް ނެތް އެއްޗެތި ލައިގެން އަހަރެމެން މަސައްކަތް ކުރީމަ މިބަލި ޖެހުން ވަރަށް ގާތް” ހޮސްޕިޓަލުގެ ނަރުހަކު ބުނެފައި ވެއެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ވެފައި އަދި މިހާތަނަށް ނުވެއެވެ. އެ ގައުމުގެ ސިއްޙީދާއިރާގެ އެތައް ބަޔަކަށްވެސް ބަލި ޖެހި މަރުވުމައި ގުޅިގެން ޑޮކްޓަރުންނާއި ނަރުހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާތީ އެގައުމުގެ ހޮސްޕިޓަލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދާދި ފަހުންވެސް އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އައި ޒުވާން ދެ ނަރުހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެ ހާލުބޮޑުވެގެން ވެންޓިލޭޓަރ ގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 60733 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 7097 މީހުންވަނީ މަރުވެފައެވެ.