English Edition
Dhivehi Edition

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެންމެ ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ އެއް ދާއިރާއެވެ. އަދި އެއީ އެހާމެ ހުނަރާއި ޤާބިލުކަން ބޭނުންވާ ދާއިރާއެއް ވެސްމެވެ. އެހެންމެ، އެދާއިރާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ އިލްމީ ޤާބިލް ފަރާތަކަށް ހެދުމަށް އަބަދުވެސް މަސައްކަތްކުރެވެމުން ދެއެވެ.

ޤާބިލް މުވައްޒަފުން ސިއްޙީ ދާއިރާގައި ކިތަންމެ ގިނަ ނަމަވެސް އެމުވައްޒަފުންގެ ސިއްހީ ހާލަތު އިންތިހާއަށް ދައްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުން އެހާމެ ބަލިއެވެ. ނަމަވެސް އެކަން ޚުދު އެ ތަންތަން ހިންގުމަށް މަތިކުރެވިފައިވާ ފަރާތްތަކުންވެސް ފަރުވާލެއް ބަހައްޓާތަން ނުފެނެއެވެ.

މިދެކެވޭ ވާހަކަ ތިލަ ކޮށްލަން ހިނގާށެވެ. ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެ މުހިއްމު ބަޔަކީ ނަރުހުންނެވެ. އެއީ ބަލިމީހާ އާއި އެންމެ ގާތުން ޚިދުމަށް ދޭން ތިބޭ ފަރާތްތަކެވެ. ކޮންމެފަދަ ބަލިމަޑުކަމެއްގެ ތެރެއަށްވެސް ހުށިޔާރުކަމާއި އެކު ފައިބައި އޯގާތެރިކަމާއި ލޯތްބާއި އެކު ބަލިމީހާ އާއި އަޅާލާ ބަޔަކީ އެ ނަރުހުންނެވެ. އިލްމީ ގޮތުން ބެއްޔަސް އަދި ހުނަރުގެ ގޮތުން ބެލިނަމަވެސް އެހެން ހުރިހާ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވުރެ ހުރިހާގޮތަކުން ވެސް ތިބީ އުހުގައެވެ. ނަމަވެސް ފެންނަމުންދާ ނުފެންނަ ފަރާތަށް ބަލާއިރު ނަރުހުންނަކީ ވަރަށް އަވަހަށް ބަލިވާ ބައެއްކަން އެނގެއެވެ.

ވަޒީފާއަށް ސަލާމް ބުނުމަކީ ގިނަ ނަރުހުންގެ އާދައަކަށް މިއަދުވެފައިވާއިރު، ސަލާމް ނުބުނެވޭ ހާލަތުގައި އާއިލީ ޒިންމާ ނަގާ ނަރުހުން ވެސް މަދެއް ނޫނެވެ. މިކަން ސިއްޙީ ދާއިރާގެ ތަފާތު ހިސާބުތަކަށް ބަލާލުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ހާއްސަކޮށް ގިނަ ބަލިމީހުން އެނދުމަތިކޮށްފައިވާ ދުވަސްތަކުގައި މިދެންނެވުނު ފަދައިން ސަލާމް ބުނުމާއި އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިންތިހާއަށް ގިނަވެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ދެންތިބޭ މަދު ނަރުހުން އުފުލަންޖެހޭ ޒިންމާ ބޮޑުވެ، ހައްޓަށް ނުކުޅަދާނަ ވަރަށް މަސައްކަތް އިތުރުވެގެން ދިޔުމެވެ. އޭގެ ސަބަބުން ހަޤީގަތުގައިވެސް އެފަރާތްތައް ބަލިވެއެވެ.

ސިވިލް ސާރވިސްގެ ދަށުން މަސައްކަތްކުރާ ނަރުހުންނަށް އަހަރަކު 15 ސަލާމް މެޑިކަލް ސެޓްފިކެޓާއި އެކު ލިބި އިތުރު 15 ސަލާމް ސެޓްފިކެޓް ނުލާ ބުނެވެން އޮންނަ ހިނދު ގިނަ މުވައްޒަފުންގެ އަހަރުގެ މެދަކާ ހިސާބަށް ނާދެވެނީސް 30 ސަލާމް ހުސްވެގެން ދާކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މިގޮތަށް ސަލާމް ބުނަނީ ހަޤީގަތުގައި ވެސް މުވައްޒަފު ބަލިވެގެންތޯ ނުވަތަ މަސައްކަތުގެ މާހައުލު ބުރަވެގެން ތޯ ބަލަން ޖެހެއެވެ. އެހެނީ މިކަމުގެ ސަބަބުން އެތަކެއް ނޭދެވޭ އަސަރުކޮށް އެންމެ އެކަށީގެންވާ ގޮތުގައި ހިދުމަށް ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާ އަންނާތީއެވެ.

ނަރުހުން ސަލާމް ހެދުމުގައި އެމުވައްޒަފުން ބަލިވުމުގެ އިތުރުން އެކަށީގެންވާ ފަދަ މަސައްކަތު މާހައުލެއް ނެތުމާއި، މުވައްޒަފުންގެ ދަތިކަމާއި، މުވައްޒަފުން މެނޭޖުނުކުރެވުމާއި، އެކަށީގެންވާ ވެލްފެއަރ ނުލިބުމާއި، ޑިއުޓީތައް ފްލެކްސިބަލް ނުވުމާއި، ވެރިންގެ ނުފޫޒު ނުވަތަ ތަނުގެ ޕޮލިސީތައް ހަރުކަށިވުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަމީ މުވައްސަސާގެ ފެންވަރުގައި ދުރާލައި ވިސްނައި، އެކަށީގެންވާ ފަސޭހަ ގޮތްތަކެއް ކަނޑައެޅިގެން މެނުވީ ރަނގަޅު ނުކުރެވޭނެ ފަދަ ކަންކަމެވެ.

ގިނަ ސަލާމް ހަދާ މުވައްޒަފުންނަކީ ވަޒީފާއަށް ފަރުވާކުޑަ މުވައްޒަފުންގެ ގޮތުގައި ބެލެވެމުން ދެއެވެ. އެހެންނަމަވެސް އެއީކީ އެންމެ ރަނގަޅު ނިންމުމޭ ދެންނެވޭކަށް ނެތެވެ. މުވައްޒަފު ސަލާމް ހެއްދުމުގައި ވަށައިގެންވާ ވަރަށް ގިނަ ކަންކަން ހުރެއެވެ. އާއިލީ ކަންކަމާއި، މަސައްކަތުގެ މާހައުލުގެ ނުތަނަވަސްކަމާއި، އެކި ގޮތްގޮތުން ކުރެވެމުންދާ ހަނގާކުރުންތަކާއި، ޖިންސީ ފުރައްސާރަ ފަދަ ކަންކަމީ ދެނެގަންނަން ޖެހޭ ކަންކަމެވެ. މިއިން ކޮންމެ ކަމަކީ އޭގެ އެންމެ ތިލައާއި ހިސާބަށް މުވައްޒަފު ހިއްސާ ކުރުމަށް ބޭނުންނުވާ ކަންކަމަށް ވެދާނެއެވެ.

އެހެންކަމުން ޕޮލިސީ ލެވެލްގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ ސަލާމް ގިނަވުމަށް މެދުވެރިވާ ސަބަބުތަށް ދެނެގަނެ، އެކަންކަމަށް އެކަށޭނެ އަވަސް ހައްލުތަކެއް ގެންނަން މިވަނީ ޖެހިފައެވެ. ކޮންމެ ނަރުހަކު ސަލާމް ހައްދާއިރު އޭގެ ވަށާއިގެން އެހެން ކަންކަން ހުރިކަން ދެނެގަންނަން ޖެހެއެވެ. އަދި އެކަންކަމަކީ މަސައްކަތުގެ މާހަލުން އިސްލާހުކުރަން ޖެހޭ ކަމެއް ނަމަ އަވަހަށް އެކަން ކުރަންވީއެވެ.

ކޮންމެ މުވައްސަސާއެއް ގެ އެންމެ ބޮޑު ރައުސްމާލަކީ އެތަނެއްގެ ހީވާގި މުވައްޒަފުންނެވެ. އެގޮތުން ސިއްހީ ދާއިރާގެ އެންމެ މުހިއްމު އެއް ތަނބަކީ ނަރުހުންނެވެ. އެހެންކަމުން އިލްމީ ޤާބިލު ނަރުހުން އޮޔާދިޔަ ނުދިނުމަށް މަސައްކަތުގެ މާހަލައުލަކީ އެކަށީގެންވާ ތަނަކަށް ހެދުމުގެ ޒިންމާ ނަގަން ތިބި ފަރާތްތަކުން އެޒިންމާ އެކަށީގެންވާ ގޮތަށް ނަގައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނެ މަގު ތަނަވަސް ކުރަން އެބަޖެހެއެވެ.

ނިންމާލަމުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ހީވާގި ނަރުހުންނަށް ސާބަސް ދެމެވެ.

5 ކޮމެންޓް
އިންސާފު ވެރިޔާ
މާޗް 17, 2023
އޭ.ޑީ.ކޭ ނަރުހުން ސަލާމް ބުނަނީ ވަރުބަލި ވެގެން ލިބެނީ އެންމެ ދަންވަރު އޮފްއެއް ނަރުހުންގެ ދުވަސް ފާހަގަ ކުރަނީ ނަރުހުން އަތުން ލާރި ނަގައިގެން ސަރުކާރު ހޮސްޕިޓަލް ތަކަށްވުރެ މުސާރަ ކުޑަ އޭ.ޑީ.ކޭ ގެ ނަރުހުން އުޅެނީވަރަށް ހާލުގައި
ނަރސ
މާޗް 16, 2023
Mi feshey roadhamahu civil staffs 4 hrs hadhaairu IGMH ICU nurses ah 8 plus hours handhan vany majubooru kohfa due to shortage of staffs Short staffing is a management issue but nurse mijeheny mi hurihaa kameh go through kuran Why nobody is talking about this Our health ministry and president is silent
ނަރުސް
މާޗް 16, 2023
Mi feshey roadhamahu civil staffs 4 hrs hadhaairu IGMH ICU nurses ah 8 plus hours handhan vany majubooru kohfa due to shortage of staffs Short staffing is a management issue but nurse mijeheny mi hurihaa kameh go through kuran Why nobody is talking about this Our health ministry and president is silent
Mode
މާޗް 16, 2023
Varah rangalhu vaahakaeh. Misaalakah ADK hospital gai narunnah ennme of dhuvahehves nulibey.
A nurse
މާޗް 16, 2023
To be honest. The article is written to how things are going on. Let me add some more. Being a bed side nurse is not easy. as a nurse they do give ned care to bedridden patients and takes hours for some patients according to the condition. The nurses develops musculoskeletal disorders incluiding radiculopathy which causes sever back pain which is unbearable leading to a sickleave on the other day so that the pain gets releived. If people dont know about planter facitis, which is also caused by prolonged standing and heavy work load leading the person not being able to walk easily. yet again another sickleave for the week. Next is the pressure given by the non medical admin management of the hospital thinking that they know everything puting there nose into medical decision making situations leading frustration for the staffs. yet there goes another sickleave. And here come the moth of Ramazan, whn all the ather goverment sector staffs are doing 4 hours of duties, Nurses are bound in a structure to do 6 hours of duties without any extra allowence for it. most of ther nurses do 4 shifts while some areas they do 8hours in order to do 3 shifts due to lack of nurses. So how in the universe people can think that nurses are emotionally and spritually stable to give a quality care??? All the researches shows that a quality care can be given when the staffs or nurses are mentally and emotionally well.