English Edition
Dhivehi Edition
މިނިސްޓްރީ އޮފް ހޯމް އެފެއާޒް - ފޮޓޯ: ހޯމް މިނިސްޓްރީ

ޤައިދީންނާއި، ބަންދު މީހުންނަށް އީމެއިލްގެ ޒަރީއާއިންނާއި، ފޯނުގެ ޒަރީޔާއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޞިއްޙީ ުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމާއި ގުޅިގެން، ސަރުކާރުގެ އޮފީސްތައް ޢާންމު އުޞޫލުން ނުހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، މި ޙާލަތުގައި “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު”ގެ 9 ވަނަ މާއްދާގެ (ހ)ގެ ދަށުން ޢައްޔަންކުރައްވާފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަށް، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ޤައިދީންނާއި ބަންދު މީހުންނަށް އީމެއިލްގެ ޒަރީޔާއިންނާއި، ފޯނުގެ ޒަރީޔާއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަކުވާ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަދި ފޯނުންނަމަ 9421111 އާއި ގުޅައި ނުވަތަ މެސެޖުކޮށްގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. ހޯމް މިނިސްޓްރީން ބުނީ ފޯނުން ޝަކުވާ ހުށަހަޅާނީ ރަސްމީ ދުވަސްތަކުގައި 09:00 އިން 14:00 އަށް ކަމަށެވެ.

ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19ގެ ސަބަބުން ޖުލައި 2012 ގައި އަމަލްކުރަން ފެށި ”އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު“ ގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ 12 މާރިޗު 2020 އިންފެށިގެން 30 ދުވަހަށެވެ.