ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 06 ޖޫން 2024 ވަނަ ދުވަހު، އައްޔަންކުރި ހިންނާ އެ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކޮށްފައި ނުވާއިރު އޭނާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
މީގެ ކުރިން ހިންނާ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުވެސް އަދާކުރައްވާފައެެވެ.