އަންނަ ހަފްތާގެ ތެރޭގައިވެސް ތިން ދުވަހު ޚިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން، 12 – 16 އޭޕްރިލް 2020 އަށް ސަރުކާރު ބަންދު ވުމާއި ގުޅިގެން، އެ ދުވަސްތަކުގައި އެ އޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ދުވަސްތަކަކީ، 13، 14 އަދި 16 އޭޕްރިލް 2020 ކަމަށެވެ.
އެ ދުވަސްތަކުގައި އެ އޮތޯރިޓީން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 09:30 އިން 12:30 އަށް ދިނުމަށް ހަމަޖެހިފައިވާއިރު، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ދޭނީ ހެނދުނު 09:30 އިން 11:00 އަށެވެ. އަދި ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި ޢާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] މެއިލް މެދުވެރިކޮށް ކަމަށްވެސް އެމްއެމްއޭ އިން ބުނެއެވެ.