English Edition
Dhivehi Edition
އުރީދޫ މަސްރޭސް

 

އުރީދޫއިން ކޮންމެ އަހަރަކު ރޯދަމަހު ކުރިއަށްގެންދާ ”އުރީދޫ މަސް ރޭސް“ މި އަހަރު ނުބާއްވާގޮތަށް ނިންމައިފިއެވެ.

މިހާތަނަށް މަސްރޭހުގެ 10 ސީޒަން ކާމިޔާބު ކަމާއެކު ނިންމާފައިވާ އިރު މިއަހަރުގެ ސީޒަން ކެންސަލް ކުރަން ޖެހުނީ މުޅި ދުނިޔޭގައި ހުއްޓުމެއް ނެތި ފެތުރެމުން ދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވުމާއެކު އެބަލިން ރައްކާތެރިވުމުގެ ގޮތުން ކަމަށް އުރީދޫން ވަނީ ވިދާޅުވެފައެވެ.

 

 

https://twitter.com/OoredooMaldives/status/1247493005054840833

 

 

މަސްރޭހުގެ 11 ވަނަ ސީޒަން ކެންސަލް ކުރި ނަމަވެސް އުރީދޫއިން ބުނީ، ޖެހިގެން އަންނަ އަހަރުގެ ރޯދަމަހު އިތުރު ބަދަލުތަކާއި އެކު އުރީދޫ މަސް ރޭސް ބާއްވާނެ ކަމަށާއި އުރީދޫއިން މިވަގުތު އެދެނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގޭގައި މަޑު ކޮށްލުމަށްކަމަށެވެ.

އުރީދޫއިން ކޮންމެ އަހަރަކުއެއްފަހަރު ބާއްވާ މަސްރޭހަކީ އެތައްބައެއްގެ ތާއީދާއި ބައިވެރިވުން ލިބުމުގެ އިތުރަށް ފައިސާ އާއި އަގު ބޮޑު އެތައް އިނާމެއް ކަނޑައެޅިގެން ކުރިއަށް ގެންދާ ތަރްޙީބު ބޮޑު މުބާރާތެކެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިތުރުން ދުނިޔޭގައި ބައިނަލް އަޤްވާމީ ފެންވަރުގައި ބާއްވާ ބޮޑެތި ހުރިހާ މުބާރާތްތަކެއް އަންނަނީ ކެންސަލް ކުރަމުންނެވެ.