English Edition
Dhivehi Edition
އައްޑޫސިޓީގެ މަގުމަތީ ސީސީޓީވީކެމެރާ ހަރުކުރަނީ /ފޮޓޯ ޕޮލިސްމީޑިއާ

މަގުމަތީގެ ޙަރަކާތްތައް މޮނިޓަރ ކުރުމަށްޓަކައި އައްޑޫސިޓީގެ އިތުރު 2 ސަރަޙައްދެއްގައި ޕޮލިސް ސީސީ ކެމެރާ ހަރުކޮށްފިއެވެ.

ކުށްކުރާ ފަރާތްތައް ފަސޭހައިން ހޯދުމަށް މަގުފަހި ކުރުމާއެކު މަގުމަތީގެ ޙަރަކާތްތައް މޮނިޓަރ ކުރުމުގެ މަޤްޞަދުގައި އައްޑޫސިޓީގައި މީގެ ކުރިންވެސް ވަނީ ކެމެރާތަކެއް ހަރުކުރެވިފައެވެ.

ކެމެރާ ހަރުކުރެވިފައިވާ ތަންތަން ޗާޓުގައި ފާހަގަ ކުރެވިފައި

2013 ވަނަ އަހަރުގެ ޑިސެމްބަރ ގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް އައްޑޫސިޓީގައި އިފްތިތާހު ކުރުމަށް ފަހު މިވީހާތަނަށް 4 ސަރަޙައްދެއްގައި 8 ސީސީޓިވީ ކެމެރާ ހަރުކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވައެވެ.

އައްޑޫސިޓީގެ މަގުމަތީ ސީސީޓީވީކެމެރާ ހަރުކުރަނީ /ފޮޓޯ ޕޮލިސްމީޑިއާ

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫސިޓީ ގެ ލިންކްރޯޑުގެ އެކި ސަރަޙައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސަވައިލެންސް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތަކީ ފުލުހުން ކުރަމުންދާ މަސައްކަތް ފަސޭހަކޮށް މަގުމަތީގެ ޙާދިސާ ތައް މަދު ކުރުމަށްޓަކައި ފުލުހުންގެ މަގު ޗާޓުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ މުހިއްމު ލަނޑުދަނޑިއެކެވެ.