English Edition
Dhivehi Edition

ފުވައްމުލަކުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދާ ބޯޓެއްގައި ވަދުއަޅަން އުޅުނު މީހެއްގެ އަތަށް ދާވަނި ހެރިއްޖެ

ނިރުވާނާ ނަމަކަށް ކިޔާ މިބޯޓު ގައި މިޙާދިސާ ހިނގާފައިވަނީ މ. ކޮޅުފުށީ ގެ 8 ނޯޓިކަލްމޭލު ބޭރުން ވަދު އަޅަން އުޅުމުގެ ތެރޭގައެވެ.

އެމީހާގެ އަތަށް ދާވަނި ވަދެ ލޭ މަނާ ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވަމުން އަންނަ ކަމަށް އެމް އެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 12.55 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަނިޔާވިމީހާ ބޯޓުން ނަގައިގެން 14.30 ވީއިރުވަނީ ސީއެމްބިއުލާންސްގައި މ.މުލީ ހޮސްޕިޓަލަށް ގެންދެވިފައިކަމަށް އެމްއެންޑީއެފުން ރިޕޯޓް ކުރެއެވެ.