English Edition
Dhivehi Edition

އޮސްޓްރޭލިއާގެ ހޮސްޕިޓަލްތަކުގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ކޮންމެ ދުވަހަކު ޝުކުރުގެ މެސެޖްތަކާއެކު ޕިއްޒާފަދަ ކާނާ ލިބެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެމީހުންބޭނުންވަނީ އޭގެ ބަދަލުގައި އެކަށޭނަ ފޭސްމާސްކް ކަމަށް އެމީހުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ހޮސްޕިޓަލްތަކުގެ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންނަށް ކޮންމެ ދުވަހަކު ޝުކުރުގެ މެސެޖްތަކާއެކު ޕިއްޒާފަދަ ކާނާ ލިބެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެމީހުންބޭނުންވަނީ އޭގެ ބަދަލުގައި އެކަށޭނަ ފޭސްމާސްކް ކަމަށް އެމީހުން ބުނެފިއެވެ.

ހޮސްޕިޓަލްތަކުގެ ނަރުހުންނާއި ޑޮކްޓަރުންނަށް އެން 95 ގެ ފޭސް މާސްކް ނުލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެޤައުމުގެ ޢާއްމު ރައްޔިތުންދަނީ މަގުމަތީ އުޅޭއިރު މިފަދަ މާސްކްތައް ބޭނުން ކުރަމުންނެވެ.

” ކޮންމެ ދުވަހަކު އަހަރެމެންނަށް ޝުކުރުގެ އެތައް މެސެޖެއް ލިބޭ. ބައެއް މީހުން ޕިއްޒާފަދަ ތަކެތި ވެސް ދީ ހަދާ. އެކަމަކު އަހަރެން އެ އެންމެން ގާތު ބުނަން ބޭނުންވަނީ އަހަރެމެން ބަނޑުހައެއް ނުވެޔޭ. ބޭނުންވަނީ މާސްކް އޭ. ރޮއިޓާސްއަށް ދިން ބަސްދީގަތުމެއްގައި ސީނިއަރ އެމަޖެންސީ ޑޮކްޓަރަކު ބުނެފައިވެއެވެ.

” ބޭރުތެރެއަށް ނިކުމެލީމާ ޢާއްމުން އެން95 ގެ މާސްކް އަޅައިގެން އުޅޭ މަންޒަރު އެބަފެނޭ. އެކަމަކު ހޮސްޕިޓަލަކުން މިބާވަތެއް ލިބޭކަށް ނުހުރޭ. ”

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެން 95ގްރޭޑް ގެ މާސްކް ގެ ދަތިކަން އޮތްއިރު އެމެރިކާފަދަ ބޮޑެތި ޤައުމުތަކުގައިވެސް ދަނީ މިތަކެތި ނުލިބުމުގެ ޝަކުވާ ސިއްޙީ އިދާރާތަކުން ކުރަމުންނެވެ. އަދި އެން95 މާސްކް ނުލިބުމުގެ މައްސަލާގައި ބައެއް ހިސާބުތަކުގައި އިޙްތިޖާޖުވެސް ކުރަމުންދެއެވެ.

އޮސްޓްރޭލިއާގެ ސިއްޙީ އިދާރާތަކުގެ މުވައްޒަފުންވަނީ މިކަމާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެޕެޓިޝަންގައިވަނީ އެކަށީގެންވާ ސަލާމަތީ އާލާތްތައް ހޯދަން ޑިމާންޑް ކޮށްފައެވެ.

އޮސްޓްރޭލިޔާގެ ސިއްޙަތާއި ބެހޭ ވަޒީރު ގްރެގް ހަންޓް އިއްޔެ ވަނީ 10 މިލިއަން މާސްކް ސިއްޙީ އިދާރާތަކަށް ދޫކުރާނެ ކަމަށް ބުނެފައެވެ.