English Edition
Dhivehi Edition

ސ.އަތޮޅު މަދަރުސާއިން ކުޑަކުދިންގެ ދުވަސް އެ ސްކޫލުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ. ސ.އަތޮޅު މަދުރަސާގައި މި ދުވަސް ފާހަގަކޮށްފައިވަނީ 11 މެއި ގައެވެ. ކުޅިވަރު ހަރަކާތްތަކާއެކު ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވާއިރު ދުވަހުގެ ސެޝަން ގަޑި ހޭދަވެގެން ދިޔައީ މަޖަލާއި ފޯރި އާއި އެކުގައި ކަމަށް ދަރިވަރުން ބުނެއެވެ. ހެއްވާ މަޖާ ގޭމްތަކާއެކު ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ސްކޫލުގެ ދަރިވަރުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. ސ.އަތޮޅު މަދަރުސާގެ ދަރިވަރުން ބުނާގޮތުން ސްކޫލުން މިފަދަ ދުވަސްތައް ކުދިންނަށް ހާއްސަކޮށްގެން ފާހަގަކުރަމުންދާތީ އެކުދިން ވަރަށް އުފާވެއެވެ. އަދި މި ދުވަސް މިހާ ކުލަގަދަ ދުވަހަކަށް ހެދުމަށްޓަކައި ސްކޫލުގެ ހުރިހާ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތްތައް ދަރިވަރުން ހިތުގެ އަޑީން ބަލައިގަނެ އެކަމަށް ޝުކުރުވެރިވެއެވެ. ސ.އަތޮޅު މަދަރުސާއަކީ ކިޔެވުމުގެ އިތުރުން ކުދިންނަށް ފައިދާކުރާނޭހެން އަބަދުވެސް ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދަމުންދާ ސްކޫލެކެވެ. އަދި މިފަދަ ކަންކަމުގައި ސްކޫލުގެ އެންމެހާ މުވައްޒަފުންނާއި ދަރިވަރުންގެ ބައިވެރިވުން އަބަދުވެސް ލިބެމުން އަންނަކަމީ އަތޮޅު މަދަރުސާއަށް ލިބޭ ފަޚުރެކެވެ. އަތޮޅު މަދަރުސާއިން މިއަދު ފާހަގަކުރި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ނިމިގެންދިޔައީ އެ ސްކޫލުގެ 16 އަހަރުންދަށާއި 17 އަހަރުންދަށުގެ ޓީމްތަކުގެ މެދުގައި އިއްޔެ ހަވީރު ބޭއްވުނު އެކުވެރިކަމުގެ ފުޓިބޯޅަ މެޗަކުންނެވެ.