English Edition
Dhivehi Edition
މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް/ފޮޓޯ އިންޓަނެޓް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރުގެ 5 ން ރޭގަނޑު 8 އަށް މާލެ ސަރަހައްދުގެ މަގުމަތީ އުޅުން މަނާ ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 ން ފެށިގެން 3 ގަޑިއިރަށް ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށާއި ކޮންމެ ދުވަހެއްގެ އެ ވަގުތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ވެސް ހުއްޓާލާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅުން މަނާކޮށްފައިވާ ވަގުތުތައް ނޫން އެހެން ވަގުތުތަކުގައި މާލެ ސަރަހައްދުގެ މަގުތަކަށް އެކީގައި ތިން މީހުނަށް ވުރެ ގިނައިން ނުކުތުން ވެސް އެޗްޕީއޭއިން މަނާ ކޮށޤފައިވެއެވެ.

 

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރި ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނީގެ މުވައްޒަފުންނާއި އެ ތަންތަނުގެ އުޅަނދުފަހަރު މުހިއްމު ކަންކަމަށް ނުކުމެ އުޅޭ އުޅުން މިއެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި، ސިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސް އާއި ވެމްކޯގެ މުވައްޒަފުންނާއި އުޅަނދުފަހަރުތައް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި ދައުލަތުގެ “ޖީ” ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް އުޅެވޭނެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅެވޭނެ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 18 މީހެކެވެ. އޭގެ ތެރޭއިން ބޭރަށް ފުރައިގެން ދިޔަ އިޓަލީ ދެ ޓޫރިސްޓުން ނާއި ބައްޔަށް ޕޮޒިޓިވް ވި ދިވެހިން ފިޔަވައި 3ފިޔަވައި އެހެން އެންމެން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.