Mivaguthakee Income Tax nagan vee vaguthu: Eva - AO News Mivaguthakee Income Tax nagan vee vaguthu: Eva

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
މި ވަގުތަކީ އިންކަމް ޓެކްސް ނަގަންވީ ވަގުތު:އީވާ
2 މަސް ކުރިން

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި އަސަރުތަކެއް ކުރަމުން އަންނައިރު. މި ވަގުތަކީ އިންކަމް ޓެކްސް ނަގަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advt

Advertisement

ވީޑިއޯ މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި އީވާ ވިދާޅުވީ މިއީ ފުއްދުންތެރިކަން ހުރި މީހުން ދައުލަތަށް އެއްޗެއް ދޭންވީ ވަގުތު ކަމަށާއި އިންކަމް ޓެކްސް އަކީ ގެ އަށް ގެންދަން ލިބޭ އާމްދަނީން ދޭ އެއްޗެއް ކަމަށްވާއިރު، ގެއަށް ގެންދަން 60،000 ރުފިޔާ ލިބޭ މީހުން ދައުލަަތަށް ޓެކްސް ދައްކަންވީ ވަގުތަކީ މިއީ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އިގުތިސާދީ ސްޓިމިއުލަސް ޕެކޭޖްތަކަށްތާއީދު ކުރައްވަމުން އީވާ ވިދާޅުވީ އެކަމަކު ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ އިރު، މުވައްޒަފުންނަށް އެެއިން ފައިދާ ކުރާކަން ސަރުކާރުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

އިންކަމް ޓެކްސް އާއި ބެހޭ ގޮތުން އީވާ ދެއްކެވި ވާހަކައަށް ތާއިދުކުރައްވާކަން ހާމަކުރައްވަމުން  ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ބޮޑު އާމްދަނީއެއް ލިބޭ މީހާ ދައުލަތަށް އެހީތެރިވާންވީ ވަގުތަކީ މިއީ ކަމަށެވެ.