English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ސާފުވަނީ އެމްޑީޕީ “ރޫޅާލެވިއްޖެ” ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަރަށް ފަހު ވަގުތު ރިޔާސީ ރޭހަށް ނުކުންނަވައި ހޯއްދަވަން ބޭނުންވި ނަތީޖާ އާއި މަގުސަދު ހާސިލު ކުރެވިއްޖެ ކަމަށެވެ. އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓްސް އިން ހޯދި ކާމިޔާބީއަށް އީވާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވަމުން އީވަ ވިދާޅުވީ ޑިމޮކްރެޓްސް އިން ނުކުމެ އެކަން ކުރީ ސަރުކާރުގެ އިތުރުން އެމްޑީޕީގެ ތެރެއިން ހުށަހަޅަމުން ދިޔަ އިނާމުތަކާ ކުރިމަތިކުރުވި މަލާމާތާ ފުރައްސަރާއި އިންޒާރުތަކުގެ ތެރެއިންކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ 15،839 ވޯޓު ހޯއްދަވާފައެވެ.

2 ކޮމެންޓް
Kvkc
ސެޕްޓެމްބަރު 12, 2023
Baeh candidatun ebeyfulhun evidhaalhuvi dhuvahu huvaa nukuravvaane kan engigen dhiyaee ves mi inthihaabun.
ޢަހުދީ
ސެޕްޓެމްބަރު 12, 2023
ރަގަޅު ވާހަކައެއް، އަބަދުވެސް އެންމެ ފަހު ވަޤުތާ ހަމަޔަށް ކާމިޔާބު ވާތަން ފެންނާނީ ނުބައި ބައިގެ މީހުން، އެކަމަކު ފިލްމު ނިމިގެންދާނީ އެމީހުން ބަލިވެގެން. އަންނިއީވާ މެންގެ ނުބައި ނުލަފާކަން ގިނަ ރައްޔިތުންތަކަކަށް ދަނީފެނި ޤަބޫލުކުރެވެމުން، މާފަހުން ރާއްޖެއަށް އުފެދުނު ނުބައި ނުލަފާ ބައެއްގެ ގޮތުގައި މީހުން އެބައިގަޑުގެ ވާހަކަ ދައްކަމުންދާނެ. އެދުވަސް ފެންނާނީ މާދަމާ ދުނިޔޭގައި އުޅޭ ބަޔަކަށް. ރަގަޅު އަޚްލާޤުގެވެރިން ކަތިލާލަން ގޭންގްސްޓާރުންނަށް ފަސޭހަވާނެ. ރަގަޅު މާތް މީހާ އަށް އަތުގައި އޮންނަ ހަތިޔާރުގެ ބޭނުން ކުރަން އެހާ ފަސޭހައެއް ނުވާނެ.