English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާ އެއް މިރެއަށް ތާވަލު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މިއަދު މަގާމުން އިސްތިއުފާދެއްވާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އީވާ އިސްތިއުފާ ދެއްވުމުން އާ ނައިބު ރައީސް އިންތިހާބު ކުރުމަށް މިރޭ 8:30 ގައި ޖަލްސާ އެއް އޮންނާނެ ކަމަށެވެ.

ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އެމްޑީޕީން ތިން މެންބަރަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ސްޕޯކްސްޕާސަން އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީސް ނައިބު ރައީސްކަމަށް ވާދަކުރެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްއެވެ.