ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން 11 މީހަކު ރަނގަޅުވެއްޖެއެވެ.
އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަސް ޖެހިފައިވާ އިތުރު ދެ މީހަކު ރަނގަޅުވި ކަން އިއުލާން ކުރެއްވީ، ކޮވިޑް-19 ޓާސްކް ފޯސްގެ ޓެކްނިކަލް ޓީމްގައި ހިމެނިވަޑައިގެންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. މުޢާޒް މޫސާއެވެ.ޑރ. މުއާޒު މޫސާ އެވެ.
ޑޮކްޓަރ މުޢާޒް ވަނީ މިއަދު އިތުރު 2 މީހަކު ރަނގަޅުވީކަން ޢިއުލާންކުރައްވާފައެވެ. އެއާއެކު މިހާރު މިވަނީ ރަނގަޅުވީ މީހުންގެ ޢަދަދު 11 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން ދަނީ 3 މީހަކަށެވެ.
ކޮވިޑް 19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 16 މީހެކެވެ. އެއީ:
މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 3 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 11 މީހެކެވެ. ބަލިން ރަނގަޅުވި 11 މީހުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާގޮތަށް 30 ދުވަހުގެ ކަރަންޓީނަކަށްފަހުގައެވެ.
ރާއްޖެއިން އިއްޔެ ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރުން ވަނީ ރޭ ވިދާޅުވެފައެވެ.
ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މިހާތަނަށް ރާއްޖެއިން 880 ސާމްޕަލް ޓެސްޓު ކުރި އިރު، 860 މީހަކު ވަނީ ވައިރަހަށް ނެގަޓިވްވެފައި ކަމަށެވެ. ނަތީޖާ ނުލިބޭ ސާމްޕަލްއެއް ނެތް ކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.
މޮނީޓަރިންގެ ހާލަތުގައި އޮތީ، ތިން ރިސޯޓަކާއި އެއް ސަފާރީ އެވެ. އެއީ، ރެޒިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓާއި ތާޖް އެގްޒޯޓިކާ ރިސޯޓު އާއި ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި އާކް ނޯވަލް ސަފާރީ އެވެ.