English Edition
Dhivehi Edition

މެކްސިކޯގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މާބަނޑު އަންހެނަކު އޭނަ ވިހެއި އެއްމާބަނޑު ދެބެއިންނަށް “ކޮރޯނާ” އަދި “ވައިރަސް” ގެ ނަމުން ނަން ދީފިއެވެ. އޭނާ ވިހެއި ދެކުދިންގެ ތެރެއިން އަންހެން ދަރިފުޅަށް “ކޯރޯނާ” ގެ ނަން ދީފައިވާއިރު ފިރިހެން ދަރިފުޅަށް ދީފައިވަނީ “ވައިރަސް” ގެ ނަމެވެ.

އަންނަމާރިއާ ޖޯސް ރެފިއަލް ގޮންޒަލެޒް (34 އަހަރު) އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މެކްސިކޯ ސިޓީގެ ހޮސްޕިޓަލެއްގައި ވިހާފައިވާ 2 ކުދިންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

“އަހަރެން ކުރީގައި ވިސްނާފައެއް ނެތް ކުދިންނަށް ކިޔާނެ ނަމަކާ މެދު. ޑޮކްޓަރަކު އަހަންނަށް ދިން ޚިޔާލެއް ކޮރޯނާ އަދި ވައިރަސް ގެ ނަމުން ކުދިންނަށް ނަން ކިޔުމަށް. އަހަރެންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އާއެކު ހިތަށް އެރީ މިއީ ރަނގަޅު ޚިޔާލެކޭ” މީޑީއާތަކަށް މައުލޫމާތު ދެމުން މަންމަ ގޮންޒަލެޒް ބުނެފައިވެއެވެ.

ޑޮކްޓަރ ބުނީ ކުދިންނަށް އެގޮތަށް ނަން ދިނުމަށް އޭނާ ބުނީ މަޖަލަކަށް ކަމަށާއި އެކަމަކު ގޮންޒަލެޒް އެވާހަކަ ސީރިއަސްކޮށް ނަގައި ކުދިންނަށް އެގޮތަށް ނަންދިނީ ކަމަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރު މެކްސިކޯގެ އަންހެނަކު އޭނަ މެލޭރިއާއަށް ޕޮޒިޓިވް ވެފައިވަނިކޮށް ވިހެއި ދަރިފުޅަށް މެލޭރިއާގެ ނަމުން ނަންދީފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.