English Edition
Dhivehi Edition

އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ދިވެއްސަކު ޕޮޒިޓިވް ވި ފަހަރެވެ.

މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި މީހާއަކީމިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި 38 އަހަރުގެ މީހެއް ކަަމަށާއި، އޭނާ ރާއްޖެ އައި ގޮތަށް ހުރި ކަރަންޓީންކޮށްފައި ކަމަށެވެ. އެ މީހާ ކަރަންޓީންކޮށްފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައެވެ. އޭނާގެ ޓެސްޓްތައް ހަދަން ފޮނުވީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާ އަދި ފޮޒިޓިވް ކަމުގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިވެހި މީހާ ރާއްޖެ އައުމާއެކު ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށާ އެ މީހާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެމީހާ އެ މުއްދަތުގައި އެކަހެރިކޮށްފައި ހުރީ ވަކިން ކޮޓަރިއެއްގައި ކަމަށާ އެހެން ކަމުން އެހެން ބަޔަކާ އެމީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ހާލު އަދި ރަނގަޅު ކަމަށާއި އަދިވެސް ފެނިފައިވަނީ އާދައިގެ އަލާމާތް ކަމަށެވެ.