English Edition
Dhivehi Edition

އިއްޔެ ފްރާންސްގެ އަސްކަރީ ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ ކުރިން ރޭވިިފައި އޮތް ދަތުރެއްގައި ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ދެ މަނަވަރެއް މާލެ ކައިރީގައި ބަނދަރުކުރުމާއި، އެ މަނަވަރުގައި އައި ހަތަރު ހެލިކޮޕްޓަރުތައް ރާއްޖޭގައި އެކި ސަރަހަދުތަކުގެ މަތިން ދަތުރުކުރި ފޮޓޯ އާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މަބްރޫކް ވިދާޅުވީ އެ އުޅަނދުތައް ރާއްޖެ އައުމަށް ދަތުރުކުރާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެ އާއި ފްރާންސާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 51 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، އެ މަނަވަރުތަައް ރާއްޖެ އަންނަން ދަތުރު ފެށީ ރާއްޖޭގައި ބައެއް ތަމްރީނުތައް ވެސް ހެދުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ،

އިތުރަށް މަބްރޫކް ވިދާޅުވީ ހެލިކޮޕްޓަރު ފަދަ އެއްޗެހި ހިފައިގެން ދަތުރުކުރާ އުޅަނދެއް ރާއްޖެ ވަދެއްޖެނަމަ، ހެލިކޮޕްޓަރުތައް ދުއްވުމުގެ ހުއްދަ އާންމުކޮށް ވެސް ދޭކަމަށާއި އަދި އިއްޔެ މަނަވަރުގައި އައި ހެލިކޮޕްޓަރުތަކަށް ވެސް ހުއްދަ ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ މަނަވަރުތަކަށް ޖިބޫޓީން ފުރައިގެން ރާއްޖެ އާދެވުނީ ދަތުރު ފެށިތާ 29 ދުވަސް ފަހުން ކަމަށާއި މިހާރު ހާލަތު ބަދަލުވެފައި ވާތީ މަނަވަރުތައް ރާއްޖޭގައި މަޑުނުކުރާނެ ކަމަށެވެ.