ދިވެހިރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ނުވަތަ, އަންމޭންޑް އެރިއަލް ވެހިކަލްސް (ޔޫއޭވީ) ތައާރަފް ކުރުމުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) ތައުރީފް ކުރައްވައިފިއެވެ.
އެމްސީ ވިދާޅުވީ ރާއްޖޭއަށް އެންމެ މުހިންމު ކަމަކީ، އިންޓެލިޖެންސް، ސަރވޭލަންސް އެންޑް ރިކޮނައިސަންސް (އައިއެސްއާރު)، އަދި ރެސްޕޮންސް އަށް ޖޮއިންޓް އޮޕަރޭޓިން މޮޑެލްއެއްގެ މައްޗަށް ބިނާކޮށް، ކެޕޭސިޓީގެ އޮޕަރޭޝަންތައް އޮޕްޓިމައިޒްކޮށް، ފުޅާ ގައުމީ ސަލާމަތީ އާކިޓެކްޗަރަށް ބޭނުންކުރުންކަމަށެވެ.
ތުކުރީގެ “ބައިރަކުތާރު” މަރުކާގެ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ދިވެހި ސިފައިން މިރެއިން ފަށާފައިވަނީ ހުކުރު ދުވަހުއެވެ.
މި މަސައްކަތުގައި ބޭނުން ކުރަނީ ހުއްޓުމެއް ނެތި 28 ގަޑިއިރު އުދުހެވޭ 300 ކިލޯމީޓަރު ދުރުން ވަގުތުން މައުލޫމާތު މައި މަރުކަޒަށް ފޯރުކޮށްދޭ ތުރުކީގެ އެންމެ އެޑްވާންސްއެއް ޑްރޯން ތައްކަމަށް ސަރުކާރުން ބުނެއެވެ.
The addition of Unmanned Aerial Vehicles (UAV) as a capability for safeguarding and enhancing national security is a welcomed development.
In Maldives’ context it is of utmost importance that the capability’s operations are optimised and availed to the wider national security…
— Mohamed Hameed (@M_Hameedh) March 16, 2024