English Edition
Dhivehi Edition

ހިތަދޫ ސްކޫލުގެ 4 ހައުސްގެ މެދުގައި ބާއްވާ ފެތުމުގެ މުބާރާތް ފަށައިފިއެވެ. އިއްޔެ ހެނދުނު ފެށި ހިތަދޫ ސްކޫލުގެ 5 ވަނަ އިންޓަރ ހައުސް ފެތުމުގެ މުބާރާތުގައި ގާތްގަނޑަކަށް 150 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ދިވެހި ރާއްޖޭގެ ޖަޒީރާ ރަށްތަށް ވަށައިގެން ވަނީ 90% ކަނޑު ކަމަށް ވުމާއެކު ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމުގެ ޝިޢާރުގެ ދަށުން ބާއްވާ މިމުބާރާތަކީ ސްކޫލުގެ ހުރިހާ ސްޓާފުންނާއި،ދަރިވަރުން އަދި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ތަރުހީބު ލިބިފައިވާ މުބާރާތެކެވެ.އެގޮތުން އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ސްކޫލުގެ ޕީޓީއޭ އިން ވަނީ މިމުބާރާތް ކުރިއަށް ދާ ސަރަޙައްދު ގައި ކެންޓީނެއް ހުޅުވާފައެވެ.

މިމުބާރާތުގައި ކުދީން ތަމްރީނުކޮށް ދިނުމަށްޓަކާ ސްވިމް އައްޑޫ އިން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދީފައެވެ.ފެތުމުގެ ޝައުގުވެރިކަން ހުންނަ ގިނަ ކުދީން އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުން ދާއިރު ފުރަތަމަ އެހީ ފޯރުކޮށްދެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ.

2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިތަދޫ ސްކޫލުގައި ބާއްވާ މިމުބާރާތުން ވަނީ ވަރަށް ގާބިލް ފެތުން ތެރީން އުފެދިފައެވެ.