English Edition
Dhivehi Edition

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ކަރަންޓީން ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، އެ މަނިކުފާނު 14 ދުވަހަށް ކަރަންޓީން ކުރެއްވީ ބެންކޮކުން ރާއްޖެ ވަޑައިގަތުމާ އެކުގަ އެވެ. އެމަނިކުފާނު އިއްޔެ ކަރަންޓީނު ކޮށްފައި ވަނީ މަލަހިނި ކުޑަބަނޑޮހުގައި ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖިހާދުގެ އިތުރުން ބެންކޮކުން ރާއްޖެ އައި 15 ވަރަކަށް މީހުން ކަރަންޓީން ކުރިކަމަށް ވެ އެވެ.

އެޗްޕީއޭއިން ނިންމާފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނު ކުރުމަށެވެ. އެގޮތުން، މިހާތަނަށް 249 މީހުން ކަރަންޓީން ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު އަންނަނީ ނުވަ ރިސޯޓަކާއި ހުޅުލެ އައިލެންޑު ހޮޓެލް (އެޗްއައިއެޗް) ބޭނުންކުރަމުންނެވެ. އެ ތަންތަނުން 2،288 އެނދު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައެވެ.