English Edition
Dhivehi Edition

ކޮވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ރާއްޖޭގެ ބައެއް ރިސޯޓުތަކުންނާއި، ކާގޯ ބޯޓުން ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސިނަމަން ހަކުރާ ހުރާ އަދި ވެލިގަނޑުން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި އެހެންކަމުން އެ ދެ ރިސޯޓް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ. މި ދެ ރިސޯޓުގެ އިތުރުން ބިދޭސީއަކާއި ދެ ދިވެެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމްތައް ފެނުމާއި ގުޅިގެން އަނަންތަރާ ދިގު މޮނިޓަރިން ހާލަތަކަށް ގެނެސް އެ މީހުންގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދާރަން ކްލަބް ރަންނާޅި އަދި ސެންޓްރާ ގްރޭންޑުން ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާކަން ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ ލަންކާ އިން ރާއްޖެއަށް ދަތުރުކުރި އަލިއޮން ކިއާ ނަމަކަށް ކިޔާ ބޯޓެއްގައި ހުރި މީހެއް ޓެސްޓް ކުރިއިރު، އޭނާގެ ސާމްޕަލްތައްވެސް ނެގެޓިވްވެފައިވާކަމަށެވެ.މީގެ އިތުރުން މަބްރޫކް ވިދާޅުވީ މިހާރު އެ ބޯޓު މޮނީޓަރިންގ ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ ބޯޓަކީ ކާގޯ ބޯޓަކަށްވާތީ، އާންމު ހާލަތަކަށް ގެނައީމަ، ދަތުރައިގެން ރާއްޖެ ދޫކޮށް ފުރާނެކަމަށެވެ.

ރާއްޖެއިން މިހާތަނަށް 637 ސާމްޕަލެއް ނެގިފައިވާއިރު އޭގެ ތެރެއިން 621 ސާމްޕަލްވަނީ ނެގެޓިވްވެފައެވެ، އަދި ރާއްޖެއިން މި ބައްޔަށް ތިން މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހުން ބަލިން ރަގަޅުވެފައިވާކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ