English Edition
Dhivehi Edition

ސޭންޑީސް ބަތަލާ ރިސޯޓުން އަނެއްކާވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައްހުރި އިތުރު މީހަކު ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ބަތަލާ ރިސޯޓުން ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާއިރު މީގެ ކުރިންވެސް އެ ރިސޯޓުން ދެމީހަކު ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެެވެ.

މީގެ ކުރިން ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމަފިރިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު، މިހާރު އެ ދެމީހުންވެސް ރަގަޅުވެފައިވާކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ބަލި ރަގަޅުވުމަށް ފަހުވެސް ބަލިޖެހުމުގެ ފުރުސަތު އޮތުމުގެ ސަބަބުން އަދި އެ ދެމީހުންވެސް ތިބީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.