English Edition
Dhivehi Edition
ޝީޝާ ބޯ މަންޒަރެއް.ރާއްޖޭގައިވަނީ ޝީޝާބުއިން މިވަގުތު މަނާކޮށްފައި/ފޮޓޯ ގޫގުލް

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކެފޭ/ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި އެ ޚިދުމަތް ދިނުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ މަނާކުރައްވައިފި އެވެ.

މިއީ މިމަހުގެ 12 އިން ފެށިގެން ރާއްޖޭގައިސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މިނިންމުމުގެ ދަށުން، 2020 މާރިޗު 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކުރާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގެވުމެއްގައި ވިދާޅުވެފައި ވެއެވެ.

މަތީގައިވާ ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަން. އަދި މި އެންގުމާ ގުޅިގެން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަން: މައިމޫނާ

ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކުރާކަމަށް ނިންމި ނިންމުން ތަންފީޒުކޮށް އެ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވާފައެވެ.

އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަވާފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ހޭލުންތެރި ކުރުވުމުގެ ގިނަ ޕޯސްޓަރުތަކާއެކު ކަންކަމުގެ އިރްޝާދާއިއެކު ކަން ކަންކުރާނެ ގޮތްތައް ޢާއްމުންނަށް

އަންގައިދެމުންނެވެ.

ޝީޝާ އަކީ ކޮވިޑް-19 ބަލި ފެތުރުމަށް މަގުފަހިވާ އެއްޗެއް ކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ޝީޝާ އާއި ގުޑުގުޑާ ފަދަ ތަކެތި، އެ ކަކަށް ވުރެ ގިނަ މީހުން ބޭނުން ކުރުމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.