English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެންގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސ.މަރަދޫ ރަންބުސްތާނުގެ އުމުރުން 67 އަހަރުގެ ޙަސަން އަޙްމަދަށެވެ.

މިއަދު ހަވީރު 5:40 ގައި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫ ބޮޑު މަގުން ނަފީ މާޓް ސަރަހައްދުން ޙަސަން އަޙްމަދު މަގު ހުރަސްކުރަމުން ދަނިކޮށް އެމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހާއަށް މަރަދޫ ސިއްހީމަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އިތުރުފަރުވާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައެވެ.

މަރަދޫ ސިއްހީ މަރުކަޒުން ބުނީ އެކްސިޑެންޓްވި މީހާގެ ހަށިގަނޑުގެ އެކިތަނުން ޒަޚަމްތައް ފެންނަން ހުރި ކަމަށާއި އަދި އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް މިހާރު އެޗްއާރުއެޗްއަށް ފޮނުވާފައިވާ ކަމަށެވެ.

އައްޑޫސިޓީ ޓްރެފިކް ޕުލުހުން އައްޑޫގެ އެކިއަވަށް ތަކުގައި ހިންގާ ޓްރެފިކް އޮޕަރޭޝަން ތަކާ ގުޅިގެން މިފަހަކަށް އައިސް އައްޑޫގައި އެކްސިޑެންޓް ހިނގުން މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.