English Edition
Dhivehi Edition

ދުނިޔޭގެ އެކި ޤައުމުތަކުން ވައިރަސް ޖެހިގެން އިއްޔެ އެކަނިވެސް 820 މީހުން މަރުވެފައިވާކަން ހާމަވެއްޖެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ހުއްޓުމެއްނެތި އަދިވެސް ކޮވިޑް-19 ވައިރަސް ފެތުރެމުންދާއިރު އިއްޔެ 23 ޤައުމުން ވަނީ 820 މީހުން މަރުވެފައެވެ. އެއް ދުވަސް ތެރޭގައި މިހާތަނަށް އެންމެ ގިނަ މީހުން މި ވައިރަސް ޖެހިގެން މަރުވިއިރު އިއްޔެ އެކަނިވެސް 14،581 މީހުންނަށް މި ވައިރަސް ޖެހިފައިވާކަން ވަނީ ހާމަވެފަ އެވެ.

ފުރަތަމަ ޗައިނާއިން ފެނުނު މި ވައިރަސް މިހާރު ދުނިޔޭގެ ކުދި ބޮޑު އެތަކެއް ޤައުމަކަށް ފެތުރިފައިވާއިރު މި ވައިރަސް އެންމެ ގަދައަށް މިހާރު ފެތުރެނީ އިޓަލީ ވިލާތުގަ އެވެ. އެގޮތުން އެ ޤައުމުން ވައިރަސް ފެނުނު ފަހުން އެންމެ ގިނަ މީހުން އެޤައުމުން މަރުވީ، އަދި ފައްސިވެސް ވީ އިއްޔެގައެވެ. އިއްޔެ އެ ޤައުމުން 475 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ވައިރަހަށް 4207 މީހުން އެ ޤައުމުން އިއްޔެ ވަނީ ފައްސި ވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19 ވައިރަސް ޖެހިގެން މިހާތަނަށް 8,961 މީހުން ވަނީ މަރުވެފަ އެވެ.

އިޓަލީގައި ވައިރަސް ކޮންޓްރޯލް ކުރުމަށް މީހުން ގޭގައި މަޑުކުރުމަށް އަންގާފައިވާއިރުވެސް އެ ޤައުމުން މަރުވާ މީހުންގެ އަދަދު ދަނީ އުފުލެމުންނެވެ.