English Edition
Dhivehi Edition
Iranian Firefighters disinfect streets in the capital Tehran in a bid to halt the wild spread of coronavirus on March 13 2020. - Iranian forces will clear the streets nationwide within 24 hours and all citizens will be checked for the new coronavirus in a bid to halt its spread, the military said. (Photo by - / AFP)

ކޮވިޑް-19 ގެ ވައިރަސް ޖެހިގެން މަރުވިމީހުންގެ އަދަދު 8 ހާހަށްވުރެ މައްޗަށް އަރައިފި އެވެ.

ޗައިނާގެ ވުހާން ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު 8،000 ހަށްވުރެ މައްޗަށް އަރައިފި އެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް މި ވައިރަސް ފެތުރެމުން އަންނަ އިރު މިހާތަނަށް 2 ލައްކަ އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީ އިން ހަދާފައިވާ ދިރާސާ ދައްކާ ގޮތުގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން 80،000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ސަލާމަތް ވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލާފަ އެވެ.

ޤައުމުތަކުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށް ލޮކްޑައުން ކުރަމުންނެވެ. މީގެ ސަބަބުން އެކި ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ދުނިޔޭގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން މައުލޫމާތު ދެއެވެ.