English Edition
Dhivehi Edition

ސަރުކާރުން ވަގުތުން ވަގުތަށް ރިސޯޓްތައް ބަންދުކޮށް، ވަޒީފާއިން ރައްޔިތުން ކަނޑާލުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވާނެކަމަށާއި މި ހާލަތުން އަރައިގަތުމަށް ކޮންމެވެސް ގޮތެއް ހޯދަން ޖެހޭ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، ޖާބިރު ވިދާޅުވީ މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމަށް އެދެން ޖެހޭކަމަށެވެ. “އިއްޔެ އަޅުގަނޑަށް އަޑު އިވިގެން މި ދިޔައީ ވިލާ ގްރޫޕްގެ ރިސޯޓްތައް ބަންދުކުރާ ވާހަކަ. ދެން އަޑު އިވޭނީ ދެންހުރި ރިސޯޓްތައް ބަންދު ކުރާ ވާހަކަ. އެހެންކަމުން ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން އަޅުގަނޑުމެން އެދެން އެބަ ޖެހޭ މި ސިޗުއޭޝަން އަަރައިގަންނާނެ ކޮންމެވެސް ގޮތެއް.” ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ދުނިޔޭގައި ބަލިމަޑުކަން ފެތުރޭ އިރު އެކަމަށް ތައްޔާރުވާނެ ފައިސާ އެއް ނެތް ކަމަށާއި އަލަށް އައި ސަރުކާރަކުން މިފަދަ ދަނޑިވަޅެއްގައި ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭށެވެ،އަދި ރާއްޖެ މިދަނީ ނުރައްކާތެރި ދިމާލަކަށްކަން ފާހަގަކުރައްވަމުން ޖާބިރު ވަނީ ރާއްޖޭގެ ޑިފެންސް ފޯސް އާއި ސަރުކާރަށް ތައްޔާރުވެ ތިއްބެވުމަށް ގޮވާލައްވާފައެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު ކޮރޯނާވައިރަހާ ގުޅިގެން ފަތުރުވެރިކަން ދަށްވަމުން އަންނާތީ ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ހިންގާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރަން ވަނީ ނިންމައިފަ އެވެ.