English Edition
Dhivehi Edition

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ ދެ ޕާޓީއަށް ފައިސާދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާއިރު އެ ދެ ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމްއަށްވެސް ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ޕީޕީއެމަށް ފައިސާ ދިނުން ލަސްވަނީ، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށް އީސީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އީސީން ބުނީ މިމަހުގެ 31ގެ ކުރިން އެ ރިޕޯޓްތައް ހުށަހެޅުމުން އެ ޕާޓީ އަށް ވެސް ފައިސާ ދޫކުރާނެ ކަމަށެވެ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 327.29ރ. ގެ މަގުންކަމަށްވާއިރު ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ 53،748 މީހުން ހިމެނޭ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793ރުފިޔާ ލިބޭއިރު އިދިކޮޅު ޕީޕީއެމްގައި 36054 މެމްބަރުންނާއެކު އެ ޕާޓީއަށް 11،814،609 ރުފިޔާ ލިބޭނެއެވެ. އަދި 12000 މީހުން ރަޖިސްޓްރީ ވެފައިވާ ޖޭޕީ އަށް ލިބެނީ 3،974،249 ރުފިޔާއެވެ.