English Edition
Dhivehi Edition
އާވީސް ނޭޗާސް ޕެރެޑައިސް ޕްރައިވެޓް އައިލެންޑް (ކ) އާއި ފޯ ސީޒަންސް ލަނޑާ ގިރާވަރު (ވ) - ފޮޓޯ: ޓްރެވެލަރ ބާއި ޔުނީކް / އެލެގެންޓް ރިސޯޓްސް

އިތުރު ދެ ރިސޯޓަކުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ތިން ބިދޭސީއަކު ފެނިގެން، އެމީހުން ޓެސްޓްކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯރ ސީޒަންސް މޯލްޑިވްސް ލަނޑާ ގިރާވަރުން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ. އަދި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗަރސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ރިސޯޓްވެސް މޮނިޓަރިންގ އަށް ލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާއިރު، މިހާތަނަށް ދުނިޔެއިން 169,605 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އަދި 77,772 މީހަކު އެ ބަލިން ރަނގަޅުވެފައިވާއިރު، 6,516 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.