English Edition
Dhivehi Edition

ބޭންކް ލޯނުގެ އިންޓްރެސްޓް ރޭޓު ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރައްވަމުން ފައްޔާޒުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ މި ދަނޑިވަޅުގައި ވިޔަފާރިތައް ހިންގުމަށް ކުރުން މުހިންމު ކަމެއް ކަމަށެވެ.

ވިޔަފާރިތައް އިނދެޖެހުނަ ނުދީ ދެމެހެއްޓުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންވާ ފަދަ ރޭޓުތަކާއި ކޮންޑިޝަންތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހާމަކުރައްވާނެކަމުގައި ފައްޔާޒުވަނީ ވިދާޅުވެފައެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިގްތިސޯދަށްވެސް އަސަރުކޮށްފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށްގޮސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދުވެލި، 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ދާނެ ކަމަށެވެ.