English Edition
Dhivehi Edition
އައްޑޫސިޓީ ކައުންސިލް މެމްބަރުން ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ރިސޯޓް ތަކާއި ސަފާރީތަކުގައި އުޅޭ މީހުން އައްޑޫސިޓީއަށް އެރުން ހުއްޓާލުމަށް އަންގައިފި އެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިފާ ‘ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމުގެ އެންގުމާއި’ އެއްގޮތްވަ ގޮތުގެ މަތިން އައްޑޫސިޓީގެ ރިސޯޓުތަކާއި އަދި އައްޑޫސިޓީއަށް ސަފާރީ ތަކުން އަންނަ މީހުން، ޢާއްމުން ދިރިއުޅޭ އަވަށް ތަކަށް އެރުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި އަވަށް ތަކުން ވެސް ރިސޯޓުތަކާއި ސަފާރީތަކަށް ދިއުން ހުއްޓާލުމަށް އަންގާފައި ވެއެވެ.

http://adducity.gov.mv/iulaan/768

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު މިހާތަނަށް 11 މީހަކު ވަނީ މި ވައިރަހަށް ރާއްޖެއިން ފައްސި ވެފައެވެ. ރާއްޖޭގައި ވައިރަސް ޖެހުނު މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނެވެ.

ސަރުކާރުން ވަނީ ވައިރަހާއި ގުޅިގެން މުޅި ރާއްޖެއަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.